Saturday, March 23, 2013

Understanding Pedagogy and Learning Theories(blog task 2) CST413e_D


އަންޑަސްޓޭންޑިންގ ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީސް
ބްލޮކް ޓާސްކް 2 (CST 413)
ބްލޮކްގައި ކިޔަވައިދވިފައިވާ ހުރިހާ ލާރނިންގ ތިއަރީތަކާއި މެދު ފުންކޮށް ވިސްނުމަށްފަހު، އަދި މިތިއަރީތަކުގެ ވަރުގަދަ އަދި ނިކަމެތި ޕޮއިންޓްތަކާއިމެދު ވިސްނުމަށްފަހު މިތިއރީތަކުގެ އަލީގައި ކިޔަވައިދިނުމުގައި ތިމާ އަމިއްލައަށް ގެންގުޅޭނެ ފަލްސަފާއެއް ތައްޔާރުކޮށް ހުށައަޅާށެވެ.
ލާރނިންގ ތިއަރީތަކުން ފާހަގަކުރެވުނު ވަރުގަދަ އަދި ނިކަމެތި ކަންކަން
ތިއަރީތައް
ވަރުގަދަ
ނިކަމެތި
1- ބިހޭވިއަރަލް ލާރނިންގ ތިއަރީ
-         ޢަމަލީގޮތުން ކަންތައްތައް ކުރުވުމުން ގިނަދުވަހު ހަނދާނުގައި ހަރުލާހުރުން.
-         މާޙައުލުން ނުވަތަ މުޖުތަމަޢުން ކުއްޖާއަށް އެދެވޭ އަސަރު ކުރުން.

-         މާޙައުލުން ކުއްޖާއަށް ނޭދެވޭ އަސަރު ކޮންމެސްވަރަކަށް ފޯރުން.
-         ކުދިންނަށް ޢަމަލީތަޖުރިބާއެއް ކުރަންޖެހިއްޖެ ހިނދެއްގައި ދަތިތަކާ ކުރިމަތިވުން.
(ހ)ކޮންޓިގިއުޓީތިއަރީ އާއި ކްލެސިކަލް ކޮންޑިޝަން
-         ވަކި ހަމަތަކެއްގެ މަތިން، ވަކިގޮތަކަށް ދަރިވަރުން ބައްޓަންކުރަން ފަސޭހަވުން.
-         އެއްގޮތް އެއްޗެހިތަކެއް ކަމުގައިވާނަމަ ތަކުރާރުކޮށް، ގުޅުވައިގެން ދަސްކުރުމުން ގިނަދުވަހު ހަނދާނުގައި ހަރުލުމުގެ ފުރުޞަތުބޮޑުވުން.
-         ކަންތައްތައް ރޭވުމުގައި ވަކިމަޤްޞަދެއް ނެތްނަމަ ދަރިވަރުން ފޫހިވެ، އެކަމަކުން ނޭދެވޭ އަސަރު ފޯރުން.
-         ސްޓިމިއުލަރ ހަނދާން ނެތިއްޖެނަމަ ޖަވާބާ ހަމައަށް ވާޞިލުވުމަށް ދަތިވުން.
(ށ)އޮޕަރަންޓް ކޮންޑިޝަން
-         ގިނަގިނައިން ތަކުރާރުކޮށް ކުރުވުމުން ގިނަދުވަހު ހަނދާނުގައި ހަރުލުން.
-         މުޖުތަމަޢު ބަލައިނުގަންނަފަދަ ކަންކަމަށް ޝަޢުޤުވެރިވެ، ތިމާ ޝަޢުޤުވެރިވާކަމެއް ނެތްނަމަ އެ އުނގެނުމެއް ކުރިއަށް ގެންދަން ދަތިވުން.
2-ކޮގްނެޓިވް ތިއަރީ
-         ކުރިންލިބިފައިވާ މަޢުލޫމާތާއި ގުޅުވައި  ތަޖުރިބާކުރުމުން ގިނަދުވަހު ހަނދާނުގައި ހަރުލުން.
-         މަޢުލޫމާތު ފޯރުކުރުވުމުގައި ތަފާތު މައްސަލަތަކާ ކުރިމަތިވުން.
3- ސޯޝަލް ކޮގްނެޓިވް ތިއަރީ
-         މާހައުލުން ފެންނަ  ރަނގަޅުކަންކަން ދަސްވެ އެގޮތްތަކަށްއުޅުން.
-         ކުލާހުގައިތިބޭ ރަނގަޅު ކުދިން ނަމޫނާއަކަށް ބެލުން.
-         މާހައުލުން ފެންނަ ނުރަނގަޅު އަސަރުތައް ކޮޕީކުރުން.
-         ތިމާޝައުޤުވެރިވާ ކަމެއް ނެތްނަމަ އުނގެނުމަށް ދަތިވުން.
4- ކޮންސްޓްރަކްޓިވިޒަމް ތިއަރީ

-         ވިސްނުންތޫނު ދަރިވަރުންނަށް ކުރިއެރުމުގެ ފުރުޞަތު ފަހިވެގެންދިއުން.

-         ދެވޭފުރުޞަތުތައް ރާވާނުލެވިއްޖެނަމަ ބައެއް ދަރިވަރުންގެހިތުގައި ނަފުރަތު އުފެދުން. 
5-ކޮންޓެކްސްޗުއަލް ތިއަރީ
-         މާހައުލުންކުރާ ރަނގަޅުއަސަރުތައް ކުދިންގެ ކިބައިގައި ހަރުލުން 
-         މާޙައުލުން ކުރާނުރަނގަޅު އަސަރުތައް އެހެންކުދިންނަށް ދަސްވުމުގެ ފުރުޞަތު ބޮޑުވުން.
6-ސޯޝަލް ޑިވްލޮޕްމެންޓް ތިއަރީ
މުޖުތަމަޢުގެ އެހެނިހެން ފަރާތްތަކާގުޅިގެން ލިބޭމައުލޫމާތުން ވިސްނުން ތަރައްޤީވުމުގެ ފުރުޞަތުލިބުން.
-         މުޖުތަމަޢުގެ އެހެނިހެން ފަރާތްތަކާގުޅިގެން ލިބޭމައުލޫމާތުން ބައެއްފަހަރު ނޭދެވޭ އަސަރުކުރުން.
7-މޯޓިވޭޝަން ތިއަރީ
(އިންޓްރިންސިކު، އެކްސްޓްރިންސިކު)
ކުއްޖާގެ ހިތުގައި އުފެދޭޝައުޤެއްގެ ސަބަބުން ކުރިއެރުން ހޯދުމަށް އަމިއްލައަށް މަސައްކަތް ކުރުން
-         އަބަދުވެސް މާއްދީގޮތުން ލިބޭނެ ފައިދާއަކަށްޓަކައި މަސައްކަތްކުރުން.

ލާރނިންގ ތިއަރީތަކުގެ އަލީގައި ކިޔަވައިދިނުމުގައި ތިމާ އަމިއްލައަށް ގެންގުޅޭނެ ފަލްސަފާ
         ކިޔަވައިދިނުމުގެ މާހިރުން ނުވަތަ އެޑިއުކޭޝަނަލް ސައިކޮލޮޖިސްޓުން، އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރާނެ ވަރަށްގިނަ ތިއަރީތަކެއް ހުށައަޅުއްވާފައިވެއެވެ. އެހެންކަމުން ބިހޭވިއަރ ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ދަސްނުކޮށް ކުލާހަށްއައި ކުދިން ކޮޅަށްނެގުމުން، އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. އެއީ އެކަމުގެ ރެސްޕޮންސްއައުމެވެ. ނަމަވެސް މިފަދަ ދަރިވަރުންގެ ތެރޭގައި ޤަވާޢިދުން ފިލާވަޅު ދަސްކުރާދަރިވަރުން ވޭތޯބަލައި ދަސްނުވިސަބަބަކީ ކޮބައިތޯ ބެލުމަށް އަޅުގަނޑު އިސްކަންދޭނަމެވެ.
         ކޮގްނެޓިވް ލާރނިންގ ތިއަރީއަކީ ކުރިން އެނގިފައިވާ އެއްޗެއްގެމައްޗަށް، އަލަށްދަސްވާ އެއްޗެއްގެ ބޭނުންހިފައިގެން ދަސްކުރުމަށް ބާރުއަޅާ ތިއަރީއެކެވެ. ޖީންޕިއާޖޭ ހުށަހަޅުއްވާ، މިތިއަރީން އަންގައިދެނީ ސެންސަރީ ރެޖިސްޓްރަރއާއި ވާރކިން މެމޮރީއާއި ލޯންގުޓާރމު މެމޮރީގައި މަޢުލޫމާތު ހަރުލުމުގައި ހިއްސުތަކުން ކުރެވޭ ތަޖުރިބާ ބޮޑުވާނެކަމުގައެވެ. އެހެންކަމުން ކިޔަވައިދިނުމުގައި މުދައްރިސުންގެ ދައުރަށްވުރެ ދަރިވަރުންގެ ރޯލު ބޮޑުކޮށް، ފިލާވަޅު ގިނަދުވަހު ހަނދާނުގައި ހަރުލެއްވުމާއި، ގުޅުވައިގެން ދަސްކުރުމުގެއާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތް ކުރާނަމެވެ.
         ބަނަޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ސުލޫކަށް ބަދަލުގެނުވައެވެ. އެހެންކަމުން ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަމުން، މުޖުތަމަޢުގެތެރެއިން ފޯރާފާނެނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދޭނަމެވެ.
        ކޮންސްޓްރަކްޓިވިޒަމް ތިއަރީއަށް ބަލައިލުމުން ދަރިވަރުން ދަސްކުރަނީ ހަމައެކަނި ކުލާހުގައި ނޫންކަމާއި އެއްޗެއް ދަސްވުމުގައި ކުރިންލިބިފައިވާ މަޢުލޫމާތާ ގުޅުވައިގެން މުޅީން އާއެއްޗިހި އުފައްދާކަން މުދައްރިސުން އަބަދުވެސް ދެނެގަންނަންޖެހެއެވެ. ކުލާހުގައި ދެވޭމަސައްކަތްތައް ރާވާއިރު ވިސްނޫންތޫނު ދަރިވަރުންނާއި ތޫނުފިލިކަން ދަށްކުދިންނަށް އަމާޒްކޮށް މަސައްކަތް ދިނުމަކީ ހުރިހާ ދަރިވަރުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭނެ ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. އެއީ ހަމައެކަނި ވިސްނުންތޫނު ދަރިވަރުންނަށް ފަހިވާގޮތަށް ރާވާލެވިއްޖެނަމަ ބައެއް ދަރިވަރުންގެ ހިތުގައި މުދައްރިސާމެދު ނަފުރަތު އުފެދިދާނެތީއެވެ.
        މޯޓިވޭޝަންއަކީ މީހަކުލައްވާ ކަމެއް ކުރުވުމަށް އެމީހަކު ޝަޢުޤުވެރިކުރުވުމަށް ކުރެވޭ ކަންތައްތަކަށްވާއިރު ދެވައްތަރެއްގެ މޯޓިވޭޝަން އުފެދޭކަމުގައި މިކަމުގެމާހިރުން ދެކެލައްވައެވެ. ކިޔަވައިދިނުމުގައި އަޅުގަނޑު އިސްކަންދޭނީ ކުއްޖާގެ ވިސްނުމުގައިއުފެދޭ ޝައުޤުވެރިކަން، ރޫޙާނީ އަދި ޖިސްމާނީގޮތުން ކުރިއެރުންހޯދުމަށް އަމިއްލައަށް މަސައްކަތް ކުރުމުގެރޫޙެއް ގެންގުޅުމަށެވެ. އެއީ މާއްދީ ފައިދާއަށް ދަރިވަރުންގެ ޝަޢުޤުވެރިކަން ހޯދުމަށް މަސައްކަތް ކޮށްދީފިނަމަ ކުރިމަގުގައި ދަތިތަކާ ކުރިމަތިވެދާނެތީއެވެ. އެހެންކަމުން ކިޔަވައިދިނުމުގައި މިތިއަރީތަކުގެ ބޭނުން ހިފުމުގައި އަބަދުވެސް ބަލާނީ އެކަމުން ދަރިވަރުންނަށް ކުރާނެއެދެވޭ އަދި ނޭދެވޭ އަސަރުތަކަށެވެ.
ތައްޔާރުކުރީ: ޢަޒީޒާ ޢަބްދުއްރަޙުމާނު.


Tuesday, March 12, 2013

understanding padagogy n learning theories


"އަންޑަސްޓޭންޑިން ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީސް" މިމާއްދާގައި ކިޔަވައިދެވުނު މަޢުޟޫޢު ތަކާމެދު އަޅުގަނޑުގެ ފިކުރާ ޚިޔާލު
1-    އުނގެނުމާއި އުނގަންނައިދިނުން އަދި ތަޢުލީމް
         އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދައުރަކީ ކުލާސްރޫމުގެ ޙަރަކާތްތަކާއި މަދަރުސާގެ މާޙައުލު ދިރާސާކުރުމެވެ. ނުވަތަ އެސިފަތައް ލިބިފައިވާ ނަޒަރިއްޔާތުތަކާއި މައްސަލަތަކާއި މައްސަލަތައް ދެނެގަނެ ހައްލުކުރާނެ ގޮތްތައް ކަނޑައެޅުމެވެ.
         އުނގެނުމާއި އުނގަންނައިދިނުމަށް އެކިއެކި ވައްތަރުގެ ދިރާސާ ބޭނުން ކުރެވިދާނެއެވެ. މިސާލަކަށް ހާދިޘާއެއް އެއްކޮށް ހިނގާދިޔަ ގޮތުގެ ތަފްޞީލީ ދިރާސާއެއް ނުވަތަ އެކިއެކި ކަންކަމުގެ މިންވަރު އެނގިފައިވާ ތަފާސްހިސާބުގެ އަލީގައި ދެނެގަނެ ކުރާ ދިރާސާއެއްވެސް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ ކަމެއް ހިނގާފާނެގޮތް ކުލާހުގެ މާޙައުލުގައި ތަންފީޒުކޮށް އެކަމެއް ހިނގަން ދިމާވި ސަބަބުތަކާއި ނަތީޖާ ހޯދިދާނެގޮތުގެ ދިރާސާއެއްވެސް ބޭނުންކުރެވިދާނެއެވެ.
         ކިޔަވައިދިނުމުގައި އެކިއެކި ތިއަރީތައް ނުވަތަ ގޮތްތައް ބޭނުންކުރެވިދާނެއެވެ. އެޑިއުކޭޝަނަލް ސައިކޮލޮޖީއަކީ ކުދިންގެ ކިޔެވުމުގެ އެކިއެކި ކަންކަން ބަލާ ދިރާސާކުރާ ޢިލްމަށް ވާއިރު އުނގަންނައި ދިނުމުގައި ބޭނުންކުރާ އެކިއެކި ތިއަރީތައް އެނގި، އެގޮތްގޮތް ބޭނުންކުރުމަކީ އެންމެ އެދެވިގެންވާނޭ ގޮތެވެ. އެގޮތުން ހެދިފައިވާ ތިއަރީތަކުގެ އަލީގައި ކުދިންގެ މެދުގައިވާ ވިސްނުމުގެ ތަފާތުކަން އަދި އެކިމީހުން އުނގެނުމުގައި ގެންގުޅޭ ތަފާތު ގޮތްތައް ހިމެނެއެވެ. ހަމަ މިއާއެކު ކުލާސްރޫމް މެނޭޖުކުރުމަށް ގެންގުޅެވޭނެ ރަނގަޅު ތިއަރީއަކީ ދިމާވާ މައްސަލަތައް ހައްލުކުރާނެ އުފެއްދުންތެރި ޚިޔާލުތައް ހޯދުމަށް މަގު ދައްކުވައިދޭ އެއްޗެކެވެ. އެހެންކަމުން ފާހަގަކޮށްލެވޭ ތިއަރީތަކުގެ ތެރޭގައި މީހާއަށް އަންނަ ބަދަލުތައް އެންމެ ޅަދުވަހުން ފެށިގެން ފުރާފުރިހަމަވުމާއި ހަމައަށް އެކި މަރުޙަލާތަކަށް ބަހާލެވިފައިވާ ތިއަރީ އާއި، އިންސާނާގެ ސިކުނޑި ތަރައްޤީވަމުން އަންނަގޮތުގެ ތިއަރީއާއި، ކުއްޖާގެ އިޖުތިމާޢީ މާހައުލުގެ ސަބަބުން އެކުއްޖާގެ ބޭނުންތައް ބައްޓަން ވެގެންދާގޮތް ދެނެގަތުމުގެ ތިއަރީވެސް ހިމެނެއެވެ.
        މިދިރާސާތަކުން ހޯދިފައިވާ ހޯދުންތަކުގެ އަލީގައި ދަރިވަރުންގެ މެދުގައިވާ ފަރުދީ ތަފާތުތަކާއި ދަރިވަރުންނަށް ކަންކަން ޙާޞިލްކުރެވޭ މިންވަރު ދެނެގަންނާނެ ގޮތާއި ދަރިވަރުންގެ ވިސްނުން ތަރައްޤީވާނެ ގޮތާއި އަދި  ކުއްޖާ ހެދިބޮޑުވާ މާހައުލުން އުނގެނުމަށް ކުރާ އަސަރުތައް އެނގިގެންދެއެވެ. އަދި ހަމަ އެފަދައިން މިމޭރުމުން ދިމާވާ ތަފާތު މައްސަލަތަކާއި އަދި މިފަދަ މައްސަލަތައް ޙައްލުކޮށް ކަންކަން ނިންމުމުގެ ޤާބިލްކަން ވެސް މިޢިލްމުގެ ތެރެއިން ލިބިގެންދެއެވެ.
         އެހެންކަމުން  "އުނގެނުމާއި އުނގަންނައިދިނުން އަދި ތަޢުލީމް" މިމަޢުޟޫޢު އަކީ މިފަދަ މާޙައުލެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ނުހަނު ބޭނުންތެރި މަޢުޟޫއެއްކަމުގައި އެނގިގެން ދިޔައެވެ.
ތައްޔާރުކުރީ: ޢަޒީޒާ ޢަބްދުއްރަޙުމާނު