Monday, April 29, 2013

Understanding Padagogy and Learning Theories (other topics

"އަންޑަސްޓޭންޑިން ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީސް" މިމާއްދާގައި ކިޔަވައިދެވުނު އިތުރު މަޢުޟޫތަކާމެދު އަޅުގަނޑުގެ ފިކުރު
1-    ބިހޭވިރަލް ލާރނިންގ ތިއަރީ (ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު)
          ބިހޭވިރަލް ލާރނިންގ ތިއަރީއާ ބެހޭ މަޢުޟޫގެ ތެރެއިން ގިނަޢިލްމުތަކެއް ލިބިގެންދިޔަކަން ފާހަގަ ކުރެވުނެވެ. އެގޮތުން އުނގެނުމަކީ ކޮންއެއްޗެއްކަމާއި އަދި ޕެވްލޮވްގެ ތަޙުލީލީ އިލްމުން އެއް އިޙްސާސް އަނެއް އިޙްސާސްއާ ގުޅުމުން ރެސްޕޮންސް އަންނަކަމާއި ސްކިނަރގެ ތިއަރީން އުނގެނުމުގެ މަސައްކަތް ހިނގަނީ އޮޕަރަންޓް ކޮންޑިޝަނުގެ ތެރެއިން ކަމާއި އަދި ހަމަ އެފަދައިން އޮޕރަންޓް ކޮންޑިޝަނުގެ ތެރޭގައި ހިމެނޭ މުހިއްމު ބައިތައް ބޭނުންކުރާނޭ އެންމެހާ ގޮތްތައްވެސް އެނގި ގެންދިޔައެވެ. މީގެއިތުރަށް ސުލޫކު ބަދަލުކުރުމަށްޓަކައި ސައިކޮލޮޖިސްޓުން ހުށަހަޅުއްވާފައިވާ މުހިއްމު ޕްރިންސްޕަލްތައް ބޭނުންކުރާނޭ ގޮތްތައް އެނގި އުގެނުމާއި އުގަންނައިދުނުމުގެ މާޙައުލަކުން ދިމާވާމިފަދަކަންކަން ދަސްވެގެން ދިޔުމަކީ އިންތިހާ އަށް ބޭނުވެފައިވާ ކަމެއްކަމުގައި ދަންވަން ޖެހެއެވެ.
       އުގެނުމަކީ ކޮންއެއްޗެއްކަން އެންމެ ފުރަތަމަ ޝަރަހަކޮށްދީފައިވަނީ އެރިސްޓޯޓަލް ކަމަށްވާއިރު މިޢިލްވެރިޔާގެ ނަޒަރުންވެސް އަހަރެމެންނަށް އެއްޗެހި އެއްކޮށް ހަނދާންވަނީ އެއީ އެއްގޮތް ނުވަތަ ތަފާތު އެއްޗެހިތަކެއް ނުވަތަ އެއާ ކައިރި (ކޮންޓިގުއަސް) އެއްޗެހިތަކެއް ކަމުގައިކަން ހާމަކޮށްދެއެވެ. ކޮންޓިގިއުޓީ ނުވަތަ ކައިރިކަމުގެ މިމަފްހޫމުން އަންގައިދެނީ ދޭއް ނުވަތަ އެއަށްވުރެ ގިނައިޙްސާސް (ސެންސޭން) އެކުއެކީގައި އެކަށީގެންވާ މިންވަރަކަށް އަތުވެއްޖެނަމަ އެއިޙްސާސްތައް އެއްތަންވެ އެކަތި އަނެކައްޗާ ގުޅޭކަމެވެ. އެގޮތުން އެކަތި އަނެކައްޗާ ގުޅިފައިވަނިކޮށް ފަހުން މީގެތެރެއަށް އެއްއިޙްސާސް އަތުވެއްޖެ ނަމަ އެއާގުޅިފައިވާ އަނެއް އިޙްސާސްވެސް (ދެ ރެސްޕޮންސް) ނުވަތަ ރައްދުއާދެއެވެ. ވީމާ، މިނަޒަރިއްޔާތުގެ ތެރޭގައި ހިމެނޭ ކްލެސިކަލް ކޮންޑިޝަނުގައިވެސް ކޮންޓިގުއިޓީ ވަރަށްމުހިއްމު ދައުރެއް އަދާކުރާކަން އަނީޓާ ވުލްފޯލކް (2010)ގައި ހުށަހަޅުއްވާފައިވާ ކަންތައްތަކުން ހާމަވެއެވެ.
        ބިހޭވިރަލް ލާރނިންގ ތިއަރީއާ ގުޅިފައިވާ ކޮންޓިގުއިޓީ ތިއަރީގެ މޮޑެލްއިން ހާމަވާވާގޮތުގައި ސްޓިމިއުލަރ އަކާއި ރެސްޕޮންސްއެއް (އެއްކަމާކާ އަނެއްކަމަކާ ގުޅިލާމެހިގެން) އެއްވަގުތެއްގައި އެއްތަނެއްގައި ހިނގައިފިނަމަ އެއީ އެކުއެކީގައި ގުޅިގެންދާ ކަމެއްކަމުގައި މިތިއަރީން އެނގިގެންދެއެވެ. މިސާލަކަށް ސްޓިމިއުލަރ (ހިއްޞުތަކުގެ ޙަރަކާތްތަކުން) ދަރިވަރުންނަށް އެއްޗެއް ޞިފަކޮށްދެމުން ޙަވާލުކުރެވޭއިރު އެއްޗެއް ދެއްކުމުގެ އިތުރަށް އަތްލައި ބަލައިގެން އެއެއްޗެއް ސިފަކޮށް ހިއްޞުތަކުން ދެނެގަންނަން ފަސޭހަވާނެއެވެ.
2-    ކޮގްނެޓިވް ލާރނިންގ ތިއަރީ
       "ކޮގްނެޓިވް ލާރނިންގ ތިއަރީ" މިމަޢުޟޫގެ ތިއަރިސްޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިއަރިސްޓުންނަކީ ޖީންޕިއާޖޭ އާއި ވައިގޮޓް ސްކީކަން އެނގިގެން ދިޔައިރު ހުށަހަޅުއްވާފައިވާ ތިއަރީއަކީ ގުޅިލާމެހިފައިވާ ހުށަހެޅުންތަކެއްކަން ވެސް ދަސްވެގެން ދިޔައެވެ. އެގޮތުން ޖީން ޕިއާޖޭގެ ހުށަހެޅުންތަކުން މުދައްރިސުން އުނގަންނައިދޭ ގޮތާއި ދަރިވަރުން އުނގެނޭ ގޮތްތަކުގައި އިމްޕްލިކޭޝަނެއް ހުރިކަމާއި ކޮގްނެޓިވް ޑިވްލޮޕްމެންޓްގެ ތެރޭގައި ހަތަރު މަރުޙަލާއެއް ހިމެނޭކަން ވެސް ދަސްވެގެން ދިޔައެވެ. މީގެއިތުރަށް ވައިގޮޓް ސްކީގެ ހުށަހެޅުންތަކުން ކޮގްނެޓިވް ޑިވްލޮޕްމެންޓް އަންނަނީ އިޖުތިމާޢީ ނުފޫޒުންކަމާއި ސްކޫލް ދުވަސްވަރު ކުއްޖާގެ ބަސްތަރައްގީ ވަމުން އަންނަގޮތާއި ކުއްޖާ ހެދިބޮޑުވުމުގައި ކަޑައްތުކުރާ މަރުޙަލާތަކުގެ ތެރެއިން ސޯޝަލް، ކޮގްނެޓިވް، އަދި މެޗްރޭޝަން، އަދި ވިސްނުންތަރައްޤީ ވަމުންނަ އަންނަގޮތްތަކާބެހޭ ގިނަ މަޢުލޫމާތު ދަސްވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އެހެންކަމުން އުނގަންނައިދިނުމުގެ މާޙައުލެއްގައި މަސައްކަތްކުރާ ފަރާތްތަކަށް ކުއްޖާގެ " ކޮގްނެޓިވް ޑިވްލޮޕްމެންޓް" ގެ ތެރޭގައި ހިމެނޭ އެންމެހާ ކަންތައްތަކާ ބެހޭ މަޢުލޫމާތު އެނގިގެން ދިޔުމަކީ ކުރިމަގަށް ލިބުނު ކާމިޔާބީ އެއްކަމުގައި ދެކެމެވެ.
       އަނީޓާ ވުލްފޯލކް (2010) ބަޔާންކުރައްވާ ގޮތުގައި ސެންސަރީ މޮޓޯގެ މިތިއަރީގައި ކުއްޖާ ތަފާތު އަޑުތަކާއި އަލިތައް ފާހަގަކުރަންފެށުމާއި އެކުއްޖާގެ މާޙައުލުގައިވާ ތަކެއްޗަށް ބަލައި ތަފާތުތައް ފާހަގަކުރުމާއި އަދި ވަކިއެއްޗެއް ކިޔައިދިނުމުން އެއެއްޗެއްގެ ވައްތަރު ދައްކައިދީގެން އެއެއްޗެއް ފާހަގަ ކުރުންފަދަ ކަންތައްތައް ދަސްކުރަމުންދާނެއެވެ. އަދިހަމަ އެފަދައިން ޕްރީ އޮޕަރޭޝަނަލް ސްޓޭޖުގައި ދަސްކުރުމުގައި، ކުއްޖާ ވަކިކަހަލަ ތަރުތީބެއް ގެންގުޅުމާއި ސީރިއަސްތަކެތި ދަސްކުރުމަށް ބޮޑަށް ސަމާލުކަންދޭކަން ފާހަގަކުރާނެއެވެ. މީގެއިތުރަށް ކޮންކްރީޓް އޮޕަރޭޝަނަލް ސްޓޭޖުގައި  އެކިއެކި ލޮޖިކަލް އޮޕަރޭޝަންސް ކުރެވެން ފެށުންފަދަ ކަންތައްތައް ކުރުމަށްފަހު އެއިން ނިކުންނަ ނަތީޖާއަކަށް ބަލައިގެން ކަންކަން ދަސްކުރުމުގެ ކުޅަދާނަކަން ލިބިގެންދާކަން ފާހަގަކުރެވެއެވެ. އަދި ފޯމަލް އޮޕަރޭޝަނަލް ސްޓޭޖުގައި އަމިއްލަޔަށް ވިސްނައިގެން ޖަވާބުހޯދަން މަސައްކަތްކުރުމާއި ޚިޔާލީ ވާހަކަތަކާއި ޙަޤީޤީ ވާހަކަތައް ވަކިކުރަން އެނގުން ފަދަ ވިސްނުމުގެ ޤާބިލްކަން ދަރިވަރުންނަށް ލިބިގެންދާނެއެވެ. މީގެއިތުރުން ޕިއާޖޭ ހުށަހަޅުއްވާފައިވާ މިތިއަރީގައި ކުއްޖާގެ ވިސްނުން ތަރައްޤީ ވަމުން އަންނައައުމުގެ ތެރޭގައި ތަރައްޤީއަށް އަސަރުކުރާ ނުފޫޒުތަކެއްވާކަން ހާމަކޮށްފައިވެއެވެ. އެގޮތުން އަހަރެމެން އިނަސާނުން އުޅެމުން މިދާ ދުނިޔެ ދެނެގަތުމުގެ ބޭނުމަކަށްޓަކައި އުފަންވީއްސުރެ ފުރާފުރިހަމަވުމަށް ދާންދެންވެސް އަހަރެމެންގެ ވިސްނުން ގެންގުޅެން ޖެހޭނެގޮތް "ރެޑިކަލް އުޞޫލަކުން" މަޑުމަޑުން ބަދަލުކުރަމުން ދާނެއެވެ. އެގޮތުން ބަދަލުކުރަމުންދާ ދިޔުމުގައި ހަތަރުކަމެއް ހިނގަމުންދާނެކަމުގައި ކަނޑައަޅުއްވާފައި ވެއެވެ. އެއީ ހެދިބޮޑުވުން (މެޗްރޭޝަން) އާއި ޙަރަކާތްތައް (އެކްޓިވިޓީ) އާއި އިޖުތިމާޢި ތަޖުރިބާ (ސޯޝަލްއެކްސްޕީރިއަންސް) އަދި އިކުއިލިބްރޭޝަން އެވެ. މިކަންކަމަކީ ކުއްޖާގެ ވިސްނުން ބަދަލުކުރުމަށް ނުފޫޒު ފޯރުވާ ކަންކަމެވެ.
3-    ސޯޝަލްކޮގްނެޓިވް ލާނނިންގ ތިއަރީ
      "ސޯޝަލްކޮގްނެޓިވް ލާރނިން ތިއަރީ" ގެ ތެރެއިން ދަރިވަރުން މާޙައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިނކުޑީގައި އެކަމަކާ ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުކުރުވާކަން ދެނެގަނެވުނެވެ. ވީމާ މާޙައުލުން ފެނިގެންދާ މޮޑެލިންގެ އަސަރުން ދަރިވަރުންގެ އުޅުން ވަކިގޮތަކަށް ބައްޓަން ވެގެންދާނޭކަމާމެދު އިތުރަށް ސަމާލުވެވި، މިމޭރުމުން ކުރާނެ އަސަރުތަކުގެ ތެރޭގައި ނުރަނގަޅު އަސަރުތައް ވެސް ހުންނާނެކަން ދެނެގަނެވުނުކަމީ ލިބުނު ކުރިއެރުމެއްކަމުގައި ޤަބޫލުކުރެވުނެވެ.
4-    ކޮންސްޓްރަކްޓިވިޒަމްގެ ގޮތްތައް
       "ކޮންސްޓަރަކްޓިވިޒަމްގެ ގޮތްތައް" މިމަޢުޟޫގެ ތެރެއިން ކުލާހަށް ފުރަތަމަދާ ދުވަހު ދަރިވަރުން ދެނެގަތުމުގެ މުހިއްމުކަމާއި މެދު ކްރިޓިކަލްކޮށް ވިސްނުމާއި ވައިގޮޓްސްކީ ހުށަހަޅުއްވާފައިވާ މިނަޒަރިއްޔާތުގެ އަލީގައި އުގަންނައިދޭނެ ގޮތްތަކުގެ އިތުރުން ދަރިވަރުން ދަސްކުރާ ތަފާތުގޮތްތަކާއި ކޯޕަރޭޓިވް އުގެނުމުގެ މާހައުލުގެ ތެރޭގައި ހުރި ކާމިޔާތަކާއި ހުރި ގޮންޖެހުންތަކުގެ މުހިއްމުކަން މައުލޫމާތުތައް ދަސްވެގެން ދިޔައެވެ. އެހެންކަމުން މިތިއަރީއަކީވެސް ސްޓޫޑެންޓް ސެންޓާރޑް ލާރނިންނެއް ކުރިއަށް ގެންދިޔުމުގައި ހުރި މުހިއްމު މަޢުލޫމާތުތަކެއްކަން ހާމަވެގެން ދިޔައެވެ.
5-    އުނގެނުމުގަޔާއި އުނގަންނައިދިނުމުގައި ޝަޢުޤުވެރިކަން
       "އުނގެނުމުގަޔާއި އުނގަންނައިދިނުމުގައި ޝަޢުޤުވެރިކަން" މިމަޢުޟޫގެތެރެއިން މޯޓިވޭޝަނަކީ އިންސާނާގެ އެތެރޭގައި އުފެދޭ ސުލޫކެއް ވަކިގޮތަކަށް ބައްޓަންވެގެން ދިޔުންކަން އެނގިގެން ދިޔައިރު މިސުލޫކު ދަރިވަރުންގެ ކިބައިގައި އުފައްދާނެ ގޮތާއި އުގަންނައިދިނުމުގައި މޯޓިވޭޝަންގެ ދައުރުގެ މުހިއްމުކަމާއި އިންސާނާގެ ހަށިގަނޑުގައި ދެވައްތަރެއްގެ މޯޓިވޭޝަނެއް އުފެދޭކަން ވެސް އެނގިގެން ދިޔައެވެ. މީގެއިތުރަށް މިމޭރުމުން އުފެދޭ މޯޓިވޭޝަންތަކުން ތަފާތު ދަރިވަރުން ޙާޞިލްކުރަން ބޭނުންވާ ކަންތައްތައް ތަފާތުވާނޭކަމާއި އަދި މިކަމުގެ ސަބަބުން ސެލްފް އެވިޑެންސް ވަކިގޮތަކަށް ބައްޓަންވެގެންދާނޭ ކަންވެސް އެނގިގެން ދިޔައެވެ. އެހެންކަމުން އުނގެނުމާއި އުނގަންނައި ދިނުމަށް މޯޓިވޭޝަނަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗެއްކަން ހާމަވެގެން ދިޔައެވެ.
6-    ދަރިވަރުންގެ ތަފާތުތަކާއި އެކު އެކުދިންނާ މުޢާމަލާތުކޮށް ގެންގުޅުން
       "ދަރިވަރުންގެ ތަފާތުތަކާއި އެކު އެކުދިންނާ މުޢާމަލާތުކޮށް ގެންގުޅުން" މިމަޢުޟޫގެ ތެރެއިން ކޮންމެ ދަރިވަރަކުވެސް އުފެދިފައިވަނީ ތަފާތު ޤާބިލްކަމެއްގެ މައްޗަށްކަން އެގިގެން ދިޔައެވެ. ހަމައެފަދައިން އުނގަންނައިދޭ މާޙައުލެއްގައި ތަފާތުކަންކަމަށް ޤާބިލް ދަރިވަރުން ތިބޭނެކަމާއި އެހެންކަމުން ކުލާހުގައި ގުރޫޕު ކުރުމުގައި މިފަދަ ކަންކަމަށް ވިސްނައިގެން ކުރިއަށް ގެންދެވިއްޖެ ނަމަ ކާމިޔާބު ވާނެކަން ދަސްވެގެން ދިޔައެވެ. އެހެންކަމުން ކުލާހުގައި ތިބޭ ތަފާތު ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކުގެ ތަފާތު މިމަޢުޟޫއިން އެނގިގެން ދިޔުމަކީ ލިބުނު ކުރިއެއްކަމުގައި ޤަބޫލު ކުރެވެއެވެ.


7-    ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް
       "ދަރިވަރުންގެ ތަފާތުތަކާއި އެކުދިންގެ ބޭނުންތައް" މިސުރުޚީގެ ތެރެއިން ދަރިވަރުންގެ ދެނެގަތުމުގެ މުހިއްމުކަމާއި އުނގެނޭ ސްޓައިލްގެ އިތުރުން އުނގެނުމުގެ މުހިއްމު ބަހާއެއް ކަމުގައިވާ އިންޓޭލިޖެންސްއަކީ ކޮބައިކަން ވެސް ދަސްވެގެން ދިޔައެވެ. މީގެއިތުރަށް ދަރިވަރުން ލޭބަލްކުރުމުގައި ގެންގުޅޭނެ ހުނަރުވެރި އުކުޅުތަކާއި ކުލާހުގައި ތިބޭ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދޭނެ ތަފާތު ގޮތްތަކުގެ އިތުރުން "އޭ.ޑީ.އެޗް" ގެދަރިވަރުން ދެނެގަންނޭ ގޮތްތައްވެސް މިމަޢުޟޫއިން ލިބިގަނެވުނެވެ. އެހެންކަމުން ފިލާވަޅުތައް ރާވައި އުނގަންނައިދިނުމުގައި މިފަދަ މަޢުލޫމާތުތައް ލިބިގެންދިޔުމަކީ މިކަމުގެ ފަންނުވެރިކަން އިތުރަށް ތަރައްޤީ ކުރުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ޔަޤީނެވެ.
8-    ހުރިހައި ދަރިވަރުންނަށް ކިޔަވައިދިނުން
      "ހުރިހައި ދަރިވަރުންނަށް ކިޔަވައިދިނުން" މިމަޢުޟޫގެ ތެރެއިން ކާމިޔާބު ޓީޗަރެއްގެ ކިބައިން ފެނިގެންދާނެ މުހިއްމު ސިފަތަކެއް ދަސްވެގެން ދިޔައެވެ. އެގޮތުން ޕްލޭންކުރުމުގެ މުހިއްމުކަމާ ވަކިގޮތަކަށް ޕްލޭންކުރެވިއްޖެނަމަ ތަފާތު ދަރިވަރުންނަށް ކުރާ އަސަރުތައް އިފެކްޓިވްވެގެން ދާނޭގޮތްތަކާއި ދަރިވަރުންނަށް ލިބިފައިވާ ދަސްކުރުމުގެ ޤާބިލްކަން ބޭނުންކޮށްގެން ދަސްވަނީ ކިހާވަރަކަށްތޯ ބެލުމަށް ލަނޑުދަނޑިތައް ކަނޑައަޅާނީ ކިހާމިންވަރަކަށް ކަމާއި ބުލޫމްސްޓެކްސޮނޮމީގެ ގޮތްކަށް ޕްލޭންކުރާނީ ކިހިނެތްކަން ވެސް އެނގިގެން ދިޔައެވެ. ހަމަ އެފަދައިން ޓެކްނޮލޮޖީގެ އާގޮތްތައް ބޭނުންކޮށްގެން ޑިފެރަންޝިއޭޓެޑް ޓީޗިންއެއް ކުލަހުގައި އުފައްދާނެގޮތް އެނގުމުން މިއީވެސް ލިބުނު ކުރިއެރުމެއްކަން ކަށަވަރެވެ.
9-     އެސެސްމެންޓް
       "އެސެސްމެންޓް" މިމަޢުޟޫގެ ތެރެއިން ކިޔަވައިދެމުން ދާއިރު ދަރިވަރުންނަށް ޙަޞިލްވީ މިންވަރު ދެނެގަތުމަކީ ކިހާމުހިއްމުކަމެއްކަން އެނގުނެވެ. މިގޮތުން އެސެސްމެންޓްގެ ތެރޭގައި ހިމެނޭ ތަފާތު ގޮތްތަކުގެ ތެރޭގައި ފޯމެޓިވް، އަދި ސަމޭޓިވް އެސެސްމެންޓް  ހިމެނޭކަން ވެސް ދަސްވެގެން ދިޔައެވެ. މީގެއިތުރަށް އެސެސްކުރާނެ ހުނަރުވެރި އާގޮތްތަކާއި މާކުސްދޭނެ ތަފާތު ގޮތްތަކުގެ އިތުރުން ދެވޭ ގްރޭޑެއްގެ ސަބަބުން ދަރިވަރުނަށް ކުރާނެ ތަފާތު އަސަރުތައް ވެސް ދެނެގަނެވުނެވެ. އެހެންކަމުން މިމޭރުމުން ލިބުނު މިފަދަ ކޮންމެ އާމަޢުޟޫމަތަކީ މިމަމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމަކާއި ކާމިޔާބީގެ އަޞްލަށް ވާޞިލްވުމަށް ހުޅުވުނު އިތުރު ދޮރެއްކަން ވެސް  އެނގިގެން ދިޔައެވެ.

No comments:

Post a Comment